ރޮހިންޔާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް ކިނޮޅަހުގައި ބާއްވާ ހިނގާލުން މާދަމާ ހަވީރު

މިޔަންމާގެ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ބުޑިސްޓުން އެ ޤައުމުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކަށް ދެކޮޅު ހެދުމުގެ ގޮތުން ކިނޮޅަހުގައި ބާއްވާ ހިނގާލުން މާދަމާ ހަވީރު އޮންނާނެއެވެ.

” މުޅި ކިނޮޅަސް – ރޮހިންޔާ މުސްލިމުންނާ އެކު ” މި ނަމުގައި ބާއްވާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ( ހޯމަ ދުވަހު ) ހަވީރު 4:00 ގައި ޖަމްއިއްޔަތުލް އިއްތިހާދުގެ ކައިރިންނެވެ. މި ހިނގާލުމުގައި ބުޑިސްޓުން ރޮހިންޔާ ގެ މުސްލިމުންނަށް ކުރާ ލާއިންސާނީ އަނިޔާއާ ދެކޮޅަށް އަޑު އުފުލުމަށް ތަފާތު ގިނަ ލިޔުންތައް ލިޔެފައިވާ ޕޯސްޓަރުތަކެއް ބޭނުން ކުރާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކިނޮޅަހު ކައުންސިލުން އިސްނަގައިގެން ކިނޮޅަހު ޖަމްޢިއްޔަތުލް އިއްތިހާދާއި ކިނޮޅަހު ހެލްތު ޕޯސްޓާއި ފެނަކަ ކިނޮޅަހު ބްރާންޗާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާ ގުޅިގެން ބާއްވާ މި ހިނގާލުމުގައި ވީހާ ވެސް ގިނަ މީހުން ބައިވެރިވުމަށް ކައުންސިލުން އެދެއެވެ.

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ފަންޑަށް ރުފިޔާ ހޯދުމަށް އަންގާރަ ދުވަހު ވަނީ ގޭގެޔަށް ޒިޔާރާތް ކުރުމަށް ވެސް ހަމަޖެހިފައެވެ.