"ކޯސްޓަލް ކްލީން އަޕް ޑޭ " ފާހަގަ ކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމްގެ ތެރެއިން | ފޮޓޯ : ކިނޮޅަހު ކައުންސިލް ޕޭޖް

ރަށުގެ ހޭޅިފަށާއި ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް އިއްޔެ ކުރިޔަށް ގެންގޮސްފި

ބައިނަލްއަޤުވާމީ “ކޯސްޓަލް ކްލީން އަޕް ޑޭ” ފާހަގަ ކުރުމުގެ ގޮތުން ރަށުގެ ހޭޅިފަށާއި ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް އިއްޔެ ކުރިޔަށް ގެންގޮސްފިއެވެ.

ކިނޮޅަހު ކައުންސިލުން އިސްނަގައިގެން ރަށުގެ ހުރިހާ މުއައްސަސާތަކާއި ޖަމިއްޔާއާ ގުޅިގެން ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމު ފެށުނީ ހެނދުނު 8:00 ގައެވެ. ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ސްކޫލު ދަރިވަރުން ސްކޫލު ކައިރިޔަށް އެއްވެ ފިރިހެން 4 ގްރޫޕާއި އަންހެން 4 ގްރޫޕަށް ބަހާލުމަށްފަހު ކޮންމެ ގްރޫޕަކަށްވެސް ސާފުކުރަން ޖެހުނު ސަރަހައްދުވަނީ ސާފުކޮށްފައެވެ. މި ޕްރޮގްރާމްގައި ހުސްފުޅިއާ ޕްލާސްޓިކް ކޮތަޅާއި އަދިވެސް ތަފާތު ވައްތަރުގެ ކުނި ވަނީ ހޮވާ ނައްތާލާފައެވެ.

“ކޯސްޓަލް ކްލީން އަޕް ޑޭ ” ފާހަގަ ކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމްގެ ތެރެއިން | ފޮޓޯ : ކިނޮޅަހު ކައުންސިލް ޕޭޖް

މި ޕްރޮގްރާމް ނިންމާލާފައިވަނީ ހެނދުނު 11:30 ގައެވެ.

“ކޯސްޓަލް ކްލީން އަޕް ޑޭ ” ފާހަގަ ކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމްގައި އެއްކުރި ބަޔެއް ކުނި| ފޮޓޯ : ކިނޮޅަހު ކައުންސިލް ޕޭޖް

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މުޅި ރާއްޖޭގައި ކުރިޔަށް ގެންދިޔަ “ކޯސްޓަލް ކްލީން އަޕް ޑޭ” ގެ މަޤްޞަދަކީ ހޭޅިފަށާއި ގޮނޑުދޮށާއި މޫދު އަދި ވަށައިގެންވާ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ މުހިއްމުކަމަށް އަލިއަޅުވާލައި ހޭލުންތެރިކަން އިތުރުކުރުމެވެ.