1348 ވަނަ އަހަރު ފިޠުރު ޢީދު ނަމާދު ކިނޮޅަހު ފުޓްބޯޅަ ދަނޑުގައި ކުރަނީ

ޢީދު ނަމާދަށްފަހު ޢީދު ސައި އޮންނާނެ

1438 ވަނަ އަހަރު އަޟްހާ ޢީދު ނަމާދަށް ފަހު ޢީދު ސައި އޮންނާނެކަމަށް ކިނޮޅަހު ކައުންސިލުން ބުނެފިއެވެ.

ކިނޮޅަހު ކައުންސިލުން މަޢުލޫމާތުދިން ގޮތުގައި އެހެން އަހަރުތަކުގައި މެންދުރު ޖާފަތް އޮތް ނަމަވެސް މިއަހަރު އޮންނާނީ ޢީދު ސައި ކަމަށެވެ. މޫސުމް ގޯސް ނޫން ނަމަ ، ޢީދު ނަމާދު ކުރުން އޮންނާނީ ކިނޮޅަހު ފުޓްބޯޅަ ދަނޑުގައި ކަމަށާއި ޢީދު ސައި ވެސް އޮންނާނީ ފުޓްބޯޅަ ދަނޑުގައިކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ. އަދި މޫސުމް ތަން ނުދޭނަމަ ، ޢީދު ނަމާދު ކުރުން އޮންނާނީ މަސްޖިދު އިސްމާޢީލް ގައި ކަމަށާއި ޢީދު ސައި އޮންނާނީ ކިނޮޅަހު އިޖްތިމާޢީ މަރުކަޒުގައި ކަމަށް ވެސް ކިނޮޅަހު ކައުންސިލުން މަޢުލޫމާތުދެއެވެ.

1438 ވަނަ އަހަރުގެ އަޟްހާ ޢީދު ދުވަހަކީ 1 ސެޕްޓެމްބަރ 2017 ވާ ހުކުރު ދުވަހެވެ. އެދުވަހު ޢީދު ނަމާދު ކުރުން އޮންނާނީ ހެނދުނު 7:30 ގައިއެވެ.