ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ކިނޮޅަހު ޖަމިއްޔާ ވާދަ ކުރަން ޖެހިއްޖެ

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވަމުން ގެންދާ އެސޯސިއޭޝަން ކަޕް 2017 ގެ ފުރަތަމަ މެޗުގައި ކިނޮޅަހު ޖަމްޢިއްޔަތުލް އިއްތިހާދުގެ ނެޓްބޯޅަ ޓީމު ވާދަކުރަން ޖެހިއްޖެއެވެ.

ރޭ ބޭއްވި މި މުބާރާތުގެ ގުރުއަތުލުމުގައި ޖަމިއްޔާ ހިމެނުނީ ގްރޫޕް އޭ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ކްލަބް މެޓްރިކްސް ، ޒިފިއަސް ސްޕޯރޓްސް ކްލަބް އަދި ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކްލަބްއެވެ. މި މުބާރާތުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ހަވީރު 4:15 ގައި ވާދަކުރާނީ ކިނޮޅަހު ޖަމްޢިއްޔަތުލް އިއްތިހާދުގެ ނެޓްބޯޅަ ޓީމާ ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކްލަބް އެވެ. ޖަމިއްޔާ ކުޅޭ ދެވަނަ މެޗުގައި ހޯމު ދުވަހުގެ ރޭ 7:00 ގައި ބައްދަލު ކުރާނީ ކްލަބް މެޓްރިކްސްއާއެވެ. އަދި ގްރޫޕް ގެ ފަހު މެޗްގައި ޖަމިއްޔާ ޓީމު ވާދަކުރާނީ ޒިފިއަސް ސްޕޯޓްސް ކްލަބާއެވެ. މި މެޗު ކުޅޭނީ ބުރާސްފަތި ދުވަހުގެ ރޭ 8:45 ގައެވެ. 15 ޓީމު ވާދަ ކުރާ މި މުބާރާތުގެ 4 ގްރޫޕުން 1 ވަނަ އާއި 2 ވަނަ އަށް ދާ ޓީމު ހޮވޭނީ ކްއާޓާ ފައިނަލަށެވެ.

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެވޭނީ ސޯޝަލް ސެންޓަރުގެ އެތެރެ ކޯޓްގައެވެ. މި މުބާރާތުގައި ކިނޮޅަހު ޖަމްޢިއްޔަތުލް އިއްތިހާދު ތަމްސީލް ކުރަނީ ކިނޮޅަހު ނެޓްބޯޅަ ޓީމެވެ. އެހެންކަމުން ޓީމު ކުޅޭ ހުރިހާ މެޗަކަށް ކުޅޭ ތަނަށް ގޮސް ޓީމަށް ސަޕޯޓް ކުރުމަކީ ޖަމިއްޔާ އާއި ކިނޮޅަހު ނެޓްބޯޅަ ޓީމުގެ ވަރަށް ބޮޑު އެދުމެއްކަމަށް ޖަމިއްޔާއިން މަޢުލޫމާތުދެއެވެ.