ވޮލީ މެޗު ކާމިޔާބު ކުރީ ކިނޮޅަހު ޓީމް

އެކުވެރިކަމުގެ ވޮލީބޯޅަ މެޗެއްގައި ދުވާފަރު ވޮލީ ޓީމަކާއި ބައްދަލުކޮށް ކިނޮޅަހު ވޮލީޓީމު މޮޅު ވެއްޖެއެވެ.

އިއްޔެ ހަވީރު 4:30 ގައި ކިނޮޅަހު ވޮލީކޯޓުގައި ކުޅުނު މި މެޗް ކިނޮޅަސް ޓީމު ކާމިޔާބު ކުރީ 3 ސެޓް 1 ސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓް ކިނޮޅަސް ޓީމު ގިނަ ވަގުތު ލީޑްގައި އޮވެ ، ކުޅުނު ނަމަވެސް މި ސެޓް ދުވާފަރު ޓީމު ކާމިޔާބު ކުރީ 21-25 އިންނެވެ.

މެޗްގެ ދެވަނަ ސެޓްގައި ފެށުނީސް ސުރެއް ބޮޑު ލީޑެއްގައި އޮވެ ، ކިނޮޅަސް ޓީމު ސެޓް ކާމިޔާބު ކުރީ 25-19 އިންނެވެ. އަދި 3 ވަނަ ސެޓް ވާދަވެރި ކުޅުމަކަށްފަހު ކިނޮޅަސް ޓީމު ކާމިޔާބު ކުރީ 25-23 އިންނެވެ. މެޗުގެ ފަހު ސެޓްގައި ދުވާފަރު ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ދަށް ކުޅުމެކެވެ. މި ސެޓް ކިނޮޅަހު ޓީމު ކާމިޔާބު ކުރީ 25-12 ގެ ބޮޑު ތަފާތަކުންނެވެ.