ލިސްޓަށް ޚިޔާލު ހުށައެޅުމަށް ހުޅުވާލައިފި

މިއަހަރުން ފެށިގެން ޖަމްޢިއްޔަތުލް އިއްތިހާދުގެ ވޮލީބޯޅަ މުބާރާތުގައި ކިނޮޅަހުން ވާދަކުރާ 4 ޓީމު ނެގުމަށް ކުޅުންތެރިން ތަރުތީބުކޮށް ، ޚިޔާލު ހުށައެޅުމަށް ޢާއްމުކޮށް ހުޅުވާލައިފިއެވެ.

ކުޅުންތެރިން ބެހުމަށްޓަކައި ކުޅުންތެރިން ގެ ނަންތައް ތަރުތީބުކުރުމަށް ނެގި ކޮމެޓީން ވަނީ ހަމަހަމަވާނެހެން ކުޅުންތެރިން ތަރުތީބުކޮށްފައި ކަމަށާއި ލިސްޓްގައި އެއްވެސް މައްސަލައެއް ނުވަތަ ޚިޔާލެއް އޮތް ނަމަ ޖަމްޢިއްޔަތުލް އިއްތިހާދުގެ ފޭސްބުކް ޕޭޖް ނުވަތަ 7935371 ނަންބަރާއި ގުޅައިގެން ހިއްސާ ކުރުމަށް އެދޭ ކަމަށް ޖަމިއްޔާއިން މަޢުލޫމާތުދެއެވެ.

ކުޅުންތެރިން ތަރުތީބުކުރުމަށް ކޮމެޓީއެއް ނަގާފައިވަނީ 27 ޖޫން 2017 ގައި ވޮލީ ޓީމުތަކާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ. މި ކޮމެޓީގައި ހިމެނެނީ ނައުފަލް ޢަބްދުލްހަންނާނު ، މުޙައްމަދު ޠާހިރު ، މުޙައްމަދު ޒިޔާދު ، މުޙައްމަދު ސިދުހާނު ، ނިޔާޒު އަޙްމަދު ، މަންސޫރު ހާރޫނު ، ޢަލީ ނަޢީމު ، ޙުސައިން އަފީފު ، އިސްހާޤު ޢަބްދުލް ޤާދިރު ، އަޙްމަދު ސުހައިލް އަދި ޢަބްދުﷲ ޝަރީފްއެވެ.

1999 ވަނަ އަހަރު 3 ޓީމާއި އެކު ފެށި ޖަމްއިއްޔަތުލް އިއްތިހާދުގެ ވޮލީބޯޅަ މުބާރާތަކީ ކިނޮޅަހުގައި ބޭއްވޭ އެންމެ ފޯރިގަދަ ކުޅިވަރު މުބާރާތެވެ. 2012 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ކިނޮޅަހުން ބޭރު ކުޅުންތެރިން ކުޅެމުން ދެއެވެ.