ޝައިޚް އިލްޔާސް ކިނޮޅަހު ޒުވާނުންނާއި ބައްދަލުކޮށް ނަޞޭހަތް ދެއްވަނީ

ޝައިޚް އިލްޔާސް ހުސައިން ކިނޮޅަހު ޒުވާނުންނާއި ބައްދަލު ކުރައްވައިފި

އައްޝައިޚް އިލްޔާސް ޙުސައިން ކިނޮޅަހު ޒުވާނުންނާއި ބައްދަލުކޮށް ދީނީ ނަޞޭހަތް ދެއްވައިފިއެވެ.

މިހާރު ކިނޮޅަހުގައި ކުރިޔަށް ގެންދާ ދީނީ ދައުވާ ހަރަކާތްތަކުގެ ތެރެއިން ޒުވާނުންނަށް ޚާއްޞަކޮށްގެން ރޭ ބޭއްވި ބާބަކިޔު ފެށުމުގެ ކުރިން ދެއްވި މި ނަޞޭހަތުގައި ޝައިޚް ވިދާޅުވީ ﷲ އަށް އަޅުކަން ކުރުމުގައި ޒުވާން ދުވަސްވަރު ވަރަށް މުހިއްމުކަމާއި އަރުޝީގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަން ނުލިބޭ ދުވަހު އަރުޝީގެ ހިޔާވަހިކަން ލިބޭ އެއްބަޔަކީ ޒުވާން އުމުރު ﷲ އަށް އަޅުކަން ކުރުމުގައި ހޭދަކުރާ ޒުވާނާކަމަށް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘުން އެނގޭކަމަށާއި ކިތައްމެ ގިނަ ފާފަތައް ކުރެވިފައިވާ ނަމަވެސް ، އެކަން އެހެން މީހުންނަށް ނާންގާ އަވަހަށް ޠަވްބާވުމަށް ވިދާޅުވިއެވެ. އަދި ކާމިޔާބު މީހަކަށް ވުމަށް މައިންބަފައިންނަށް ކިޔަމަންތެރިވުން ވަރަށް މުހިއްމުކަމާއި އެދެމީހުން ދެރަ ނުކުރުމަށާއި ޚާއްޞަކޮށް މަންމަގެ ހިތުގައި ނުޖެއްސުމަށް ޝައިޚް ނަޞޭހަތް ދެއްވިއެވެ.

ރޭ ބެއްވި ކެއުމުގެ ތެރެއިން

ރޭ ޑެޑްލައިން އާ ދިމާ އަތިރިމަތީގައި 9:00 ގައި ބޭއްވި މި ބައްދަލުވުމުގައި ކިނޮޅަހު ގިނަ ޒުވާނުންނާއި އިނގުރައިދޫ ބައެއް ޒުވާން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި އައްޝައިޚް ޢަބްދުލް ހާދީ އާއި އައްޝައިޚް އައްފާނު ބައިވެރިވެ ލެއްވިއެވެ.