އައްޝައިޚް އިލްޔާސް ޙުސައިން

ޝައިޚް އިލްޔާސް ޙުސައިންގެ ޚާއްޞަ ދަރުސެއް މިރޭ ކިނޮޅަހު ސްކޫލުގައި

ކިނޮޅަހު ރައްޔިތުންގެ ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ދީނީ ދަރުސެއް މިރޭ ކިނޮޅަހުގައި އޮންނާނެއެވެ.

މިރޭ 8:45 ގައި ކިނޮޅަހު ސްކޫލު ހޯލުގައި ބާއްވާ މި ދަރުސްގައި ތަޤްރީރު ކުރައްވާނީ ދިވެހިރާއްޖޭގެ މަޝްހޫރު އެއް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޙުސައިންއެވެ. ބޮޑެތި މީހުންނަށް ޚާއްޞަކޮށްގެން ބާއްވާ މި ދަރުސްގެ މަޢުލޫއަކީ ” ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުން ” މިއެވެ.

ވީހާ ވެސް ގިނަ މީހުން މި ދަރުސްއަށް އައުމަކީ މިކަން އިންތިޒާމް ކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެކެވެ.

އައްޝައިޚް އިލްޔާސް ޙުސައިން ކިނޮޅަހަށް ވަޑައިގަންނެވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.