އައްޝައިޚް އާދަމް ޝަމީމްގެ ދަރުސެއް ކިނޮޅަހުގައި ބާއްވައިފި

އައްޝައިޚް އާދަމް ޝަމީމްގެ ޚާއްޞަ ދަރުސެއް ރޭގައި ކިނޮޅަހުގައި ބާއްވައިފިއެވެ.

” ނަފްސު ބިނާކުރަން އެދޭ ނަމަ ” މި މަޢުޞޫއަށް ރޭ 8:45 ގައި ކިނޮޅަހު ބަނދަރު ސަރަހައްދުގައި ބޭއްވި މި ދަރުސުގައި ޝައިޚް އާދަމް ޝަމީމް ނަސޭޙަތް ދެއްވަމުން ވިދާޅުވީ ސުވަރުގެ ބޭނުން ނަމަ ، ހެޔޮ ޢަމަލުކުރަން ޖެހޭނެކަމަށާއި އެއްވެސް ހެޔޮ ޢަމަލެއް ނުކޮށް ސުވަރުގެ ދެވޭނެކަމަށް އުއްމީދު ނުކުރާށެވެ.

އަދި އިސްލާމްވުމަށް އެންމެ އިސްކަންދޭން ޖެހޭ އަޅުކަމަކީ ނަމާދު ކަމަށާއި ނަމާދުތަކަށް ރައްކާތެރިވުމަށް ނަސޭހަތްތެރިވިއެވެ.

ކިނޮޅަހު ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ކިނޮޅަހު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި މި ދަރުސް އަޑު އެހުމަށް ގިނަ ރައްޔިތުން ބަނދަރު ސަރަހައްދަށް ހާޟިރުވިއެވެ.