ކިނޮޅަހުގެ އުއްމީދީ ސެޓަރ ރައްޒާން

އިބްރާހީމް ނިޒާރަށް ފަހު ކިނޮޅަހުގައި ރަނގަޅު ސެޓަރެއް ނެތް ކަމަށް ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް ކިނޮޅަހު ޖޫނިޔަރ ޓީމުގެ ސެޓަރ ޙުސައިން ރައްޒާނަކީ ކިނޮޅަހުގައި ކުރިއަރަމުން އަންނަ އަދި މުސްތަޤްބަލުގައި މޮޅު ސެޓަރަކަށް ވާނެ ކުޅުންތެރިޔެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

އުމުރުން 16 އަހަރުގެ ރައްޒާނު ވަނީ އޭނާގެ މޮޅު ކުޅުން މިދިޔަ އަހަރު މުބާރާތުގައި ސާބިތުވެސް ކޮށްދީފައެވެ. މިދިޔަ އަހަރު ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވާހޫ ހޯދުމުގައި ވެސް ރައްޒާނު ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފައެވެ. އެ މުބާރާތުގެ އުއްމީދީ ކުޅުންތެރިޔާގެ މަޤާމުވެސް ހޯދީ ރައްޒާނުއެވެ.

އިބްރާހީމް ނިޒާރުގެ ކޯޗު ކަމުގެ ދަށުން ތަމްރީނުވަމުން އަންނަ ރައްޒާނަކީ އޭނާގެ ސެޓިންގ އިތުރުން ޑިފެންސްއާއި ސާރވިސް ވެސް ރަނގަޅު ކުޅުންތެރިޔެކެވެ.

މިއަހަރު މުބާރާތުގައި ރައްޒާނު ކުޅޭ ދެވަނަ މެޗުގައި މިއަދު ހަވީރު 4:00 ގައި ބައްދަލު ކުރާނީ ހޮނުގުގުރި ޓީމާއެވެ.