ޙަސަން ޖުނައިދު

ޖުނައިދު : ފުރަތަމަ މެޗުގައި ވެސް ތަފާތު ދެއްކި

މިދިޔަ އަހަރު ވޮލީބޯޅަ މުބާރާތުގައި އެޕެކްސް ޓީމުގެ ބެންޗުން ފެނުނެއް ކަމަކު މިއަހަރު މުބާރާތުގައި ފުރަތަމަ މެޗުގައިވެސް އެޕެކްސް ޓީމުގެ ފުރަތަމަ 6 ގައި ހިމެނި ތަފާތު މޮޅު ކުޅުމެއް ދެއްކި ޙަސަން ޖުނައިދަކީ ވެސް މިއަހަރު މުބާރާތުގައި ކުޅޭ ޒުވާން އުއްމީދީ ކުޅުންތެރިޔެކެވެ. 2000 ވަނަ އަހަރު ފެބްރުއަރީ 29 ގައި އުފަންވި ޖުނައިދަކީވެސް 2015  ވަނަ އަހަރު ކިނޮޅަހު އިބްރާހީމް ނިޒާރު ކޯޗުކަމުގައި ފެށި ވޮލީބޯޅަ ކޭމްޕުގެ ކުއްޖެކެވެ.

ޖުނައިދު ފާހަގަ ކުރެވެނީ ކޯޗު ބުނާ ގޮތަށް ޕްރެކްޓިސް ކުރާ ، އެކަމަށް ޝައުޤުވެރި ކަމާއި އެކު ކުޅޭ ޑިފެންސް ކުރުމުގައި މޮޅު ކުޅުންތެރިޔެއްގެ ގޮތުގައެވެ. އަދި އުމުރުން 16 އަހަރުގެ ޖުނައިދު ޖަހާ ބޯޅަތައް ބާރު ކުޅުންތެރިޔެއްގެ ގޮތުގައެވެ.

މިއަދު ހަވީރު 4:00 ގައި ވާހޫ އާ ދެކޮޅަށް އެޕެކްސް ކުޅޭ މެޗުގައި ޖުނައިދު ފެނިގެންދާނެއެވެ.