ޒަޔާން ޕްރެކްޓިސް ގައި

ޒުވާން ސްޕައިކަރ ޒަޔާން

2001 ވަނަ އަހަރުގެ މާރޗް މަހު 28 ގައި އުފަންވި ޙުސައިން ޒަޔާނުވެސް ވޮލީބޯޅަ އަށް ޝައުޤުވެރިވި ވޮލީ ކުޅެން ދަސްކުރީ 2015 ވަނަ އަހަރު ކިނޮޅަހު އިބްރާހީމް ނިޒާރު ކޯޗުކަމުގައި ފެށި ވޮލީބޯޅަ ކޭމްޕުންނެވެ. އުމުރުން 15 އަހަރުގެ ޒަޔާން ވަނީ މިދިޔަ އަހަރުވެސް އޭނާ ގެ ޓީމު ވާހޫ އަށް ބަޔެއް މެޗް ކުޅެފައެވެ. މިދިޔަ އަހަރު ވާހޫ ޓީމުގެ ބެންޗުގައި އިން ނަމަވެސް މިއަހަރު ވާހޫ ޓީމުގެ އުއްމީދުތަކާއި ގުޅިފައިވާ ޒަޔާން ފާހަގަ ކުރެވެނީ އިސްކޮޅުން ދިގު ، ޖަމްޕު ރަނގަޅު ކުޅުންތެރިޔެއްގެ ގޮތުގައެވެ.

ކިނޮޅަހު ޖޫނިޔަރ ޓީމުގެ މުހިއްމު ކުޅުންތެރިޔެއްގެ އިތުރުން ކިނޮޅަހު ސީނިޔަރ ޓީމުގައި ވެސް ޒަޔާން ހިމެނެއެވެ. މިއަހަރު މުބާރާތުގެ ޒަޔާން ފުރަތަމަ ފެނިގެންދާނީ މިއަދު ހަވީރު 4:00  އެޕެކްސް އާއި ވާހޫ ބައްދަލުކުރާ މެޗުންނެވެ.

ކޮމެންޓް

ޙިޔާލު ހުށަަހެޅުމުގެ ފުރުސަތު ހަމަވެފައި.