ޢަބްދުﷲ އޭޕީއަށް ސޮއި ކުރަނީ ... ފޮޓޯ: ކިނޮޅަސް ޑޮޓްކޮމް

އިނގުރައިދޫ ދާއިރާއިން އަތޮޅު ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓް އޭޕީ އަށް ސޮއިކޮށްފި

ޢަދާލަތު ޕާޓީ ޓިކެޓްގައި އިނގުރައިދޫ ދާއިރާއިން އަތޮޅު ކައުންސިލް ގޮނޑިޔަށް ވާދަކުރާ އިނގުރައިދޫ ސްވީޓްފްލާވަރ ޢަބްދުﷲ ޙުސައިން މިއަދު ޢަދާލަތު ޕާޓީއަށް ސޮއިކޮށްފިއެވެ.

އިނގުރައިދޫ ކައުންސިލް މެންބަރެއް ކަމަށްވާ ޢަބްދުﷲ ޙުސައިން ޢަދާލަތު ޕާޓީއަށް ސޮއި ކުރީ ހޮނިހިރު ދުވަހު ހެނދުނު 11:30 ގައި ޢަދާލަތު ޕާޓީ ކިނޮޅަހު ގޮފި އޮފީހުގައި އޮތް ރަސްމިޔާތެއްގައެވެ. މިރަސްމިޔާތުގައި އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އިނގުރައިދޫ ގޮނޑިޔަކަށް ޢަދާލަތު ޕާޓީގެ ޓިކެޓްގައި ވާދަކުރާ އެރަށު ކަނޑުބަލާގެ މުޙައްމަދު ޝަކީބު ވެސް ޢަދާލަތު ޕާޓީއަށް ސޮއި ކުރިއެވެ.

searead

މި ރަސްމިޔާތުގައި ކިނޮޅަހު ކައުންސިލްގެ މެންބަރުންނާއި ޢަދާލަތު ޕާޓީ ކިނޮޅަހު ގޮފީގެ އިސްވެރިންނާއި މެންބަރުންނާއި އަދި އެމްޑީޕީ އިނގުރައިދޫ ގޮފީގެ މެންބަރުން ބައިވެރިވިއެވެ.މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޢަބްދުﷲ ޙުސައިނަކީ މހާރު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ ގެ މެންބަރެކެވެ.

އަންނަ އަހަރު ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އެމްޑީޕީ އާއި ޢަދާލަތު ޕާޓީ ވަނީ ކޯލިޝަން ހަދާފައެވެ.

 

ކޮމެންޓް

ޙިޔާލު ހުށަަހެޅުމުގެ ފުރުސަތު ހަމަވެފައި.