ރައްޔިތުންގެ މަޖިލީސް އިންތިޚާބު 2014 ގައި ވޯޓް ލަނީ

ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ 3 މެންބަރުން

2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ކިނޮޅަހުން އިންތިޚާބު ކުރާނީ 3 ކައުންސިލް މެންބަރުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު އިލެކްޝަން ކޮމިޝަނުން ވަނީ ކައުންސިލްތަކަށް މެންބަރުން ހޮވަން ޖެހޭ އަދަދު އިއުލާންކޮށްފައެވެ. ކުރީ ދެދައުރުގައި ވެސް ކިނޮޅަހު ރަށު ކައުންސިލަށް 5 މެންބަރުން އިންތިޚާބު ކޮށްފައިވީނަމަވެސް ” ޤާނޫނު ނަންބަރު 2010/10 ( ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ޤާނޫނު) އަށް ގެނެވުނު އިސްލާހަކުން މި އަދަދު މިހާރު ވަނީ 3 މެންބަރުންނަށް މަދުވެފައެވެ. މި އިސްލާހުގައި ވަނީ ރަޖިސްޓްރީ ކުރެވިފައިވާ އާބާދީގައި 3000 މީހުންނަށްވުރެ ކުޑަ ރަށްރަށުގެ ކައުންސިލަށް 3 މެންބަރުން އިންތިހާބު ކުރާއިރު 3000 އަށްވުރެއް ބޮޑު އާބާދީއެއް ނަމަ އިންތިހާބު ކުރާނީ 5 މެންބަރުންކަމަށާއި ރަޖިސްޓްރީކުރެވިފައިވާ އާބާދީގައި 10،000 މީހުންނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ކައުންސިލަށް އިންތިހާބު ކުރާނީ 9 މެންބަރުން ކަމަށެވެ.

ކިނޮޅަހުގެ ރަޖިސްޓަރ އާބާދީ އަކީ 607 މީހުންނެވެ. އެއީ 304 ފިރިހެނުންނާއި  303 އަންހެނުންނެވެ. އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކިނޮޅަހުން ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވަނީ 390 މީހުންނަށެވެ.

ލޯކަލް ކައުންސިލަށް ކުރިމަތި ލުމަށް މި އޮކްޓޯބަރު މަހުގެ 26 ވަނަ ފުރުސަތު ހުޅުވާލާނެކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ބުނެފައެވެ.

ކޮމެންޓް

ޙިޔާލު ހުށަަހެޅުމުގެ ފުރުސަތު ހަމަވެފައި.